English Edition
Dhivehi Edition
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލ. އަތޮޅަށް ކުރެއްވި ރަސްމި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ނ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުރާވަޑައިގެންފިއެވެ.

އެ އަތޮޅު ނ. މާފަރަށާއި، ލަންދޫއަށާއި، މަނަދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައި ދެއްވުމަށާއި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވުމަށާއި، ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.