English Edition
Dhivehi Edition

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެއްފަސް ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ “ޗެނަލް13” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރައީސް ޔާމީން ވިދާޅުވީ އަތޮޅު ތެރޭގައި އެހެން ރަށްރަށުގައި އެއް ފަސްކުރުމުގެ ސިޔާސަތު ހިންގުމަށްވުރެ ރަނގަޅީ މާލެ ސަރަހައްދު އެއްފަސް ކުރުން ކަމަށެވެ. އެއްފަސް ކުރުމުގެ ސިޔާސަތެއް ކަނޑައަޅައިގެން، ކުޅުދުއްފުށި ނުވަތަ އައްޑޫ ހިތަދޫގައި ބިން އޮތްނަމަވެސް އެ ސަރަހައްދުތަކަށް ރާއްޖޭގެ އެހެން ހިސާބުތަކުން މީހުން ދަތުރުކޮށްފާނެކަމަށް، ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާލުވީ އެކަން އެހެން ވެދާނެކަމަށް ގަބޫލުނުކުރެއްވެނީ، އެކަމުގައި ހުރި ދަތިތަކާއި އުދަނގޫ ތަކުގެ ސަބަބުންކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި މާލެއާ އެއްވަރަށް ހިދުމަތް ނުލިބޭހާ ހިނދަކު އެއްވެސް ބަޔަކު އެ ތަނަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ލިބެންހުރި ތަނަކީ މާލެ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެހެން ތަނަކަށް ބަޔަކު ބަދަލުކޮށް އެތަނަކަށް ވަސީލަތްތައް ގެންދިޔުމުގެ ސިޔާސަތު ތަންފީޒުކުރަން މަސައްކަތްކުރާނަމަ އެކަމުގައި ސަރުކާރުން ބޮޑު ހޭދައެއް ކުރަން ޖެހޭނެކަމަށެވެ.