English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅަށްފަހު މާލެ ވަޑައިގަންނަވާނީ ހަތަރު ދުވަސްފަހުން ކަމަށެވެ.

އެހެންކަމުން ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނީ މިފެށޭ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.