English Edition
Dhivehi Edition

މޯލްޑިވިއަން އިން އައްޑު ސިޓީއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިޓު އިތުރުކުރީ އައްޑޫ ސިޓީއަށް އޮތް ޑިމާންޑު ބޮޑުވުމުން ކަމަށެވެ.

“ޑިމާންޑާ އެއްވަރަށް ސީޓް ކެޕޭސީޓީ އިތުރުކުރުމަށް މި ކުންފުނިން އަބަދުވެސް މޮނިޓަރކޮށް، މަސައްކަތްކުރަމުންދަން.” ޖެނިފާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޖެނިފާ ވިދާޅުވީ މި ޑިސެމްބަރު މަހުގެ ތެރެގައި އައްޑޫ ސިޓީގެ ގަމަށް 11 އެއަރބަސް (ބޮޑު ބޯޓު) އޮޕަރޭޓު ކުރި ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން އަދިދެ ފްލައިޓު އޮޕަރޭޓު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އަދަދު ވެސް އިތުރުކޮށްފައެވެ.