English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން “އިޔަރ އެންޑް ސޭލް 2021” ފަށައިފިއެވެ.

އީކޮމާސް ޕްލެޓްފޯރމް މޫލީގައި އަހަރީ ބަންދާ ގުޅިގެން ކުރިއަށް ގެންދާ މި ސޭލްގައި އެ ޕްލެޓްފޯރމްގައި ވިއްކާ ޕްރޮޑަކްޓްސްއިން %40 އާއި ހަމަ އަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އުރީދޫ އިން ބުނީ މި ސޭލް އަށް ޚާއްޞަ ސެކްޝަނެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެނިވަޑައިގަންނަވާނެ ކަމަށާއި ސްމާޓް ފޯނާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް ވެސް މޫލީ އިޔަރ އެންޑް ސޭލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މި އިޔަރ އެންޑް ސޭލަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކޮށްލެވޭނެ ކަމަށާއި މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން 10 ޖަނަވަރީ 2022 އާއި ހަމައަށް ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

މޫލީ އިޔަރ އެންޑް ސޭލުން ތަކެތި ބައްލަވައިގަތުމަށް:

  1. އުރީދޫ އެޕް http://ore.do/app ނުވަތަ މޫލީ ވެބް http://ore.do/moolee މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ.
  2. ބޭނުންވާ ޕްރޮޑަކްޓްއެއް ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  3. ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
  4. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީގެ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާައްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރކޮށްދޭއިރު، ކޮންމެތާކު ހުރެގެން ވެސް ފެންވަރު ރަނގަޅު ތަކެތި ހެޔޮއަގުގައި ގަނެލުމަަށް މިއީ ރަނުގެ ފުރުސަތެކެވެ.

ޓެގު