English Edition
Dhivehi Edition

މި ހިނގާ ޑިސެމްބަރ 30 ވާ ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ދެން ހުޅުވާނީ މިއަންނަ ޖަނަވަރީ މަހުގެ 2 ވާ އާދިއްތަ ދުވަހު ކަމަށެވެ.

ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުކުރިނަމަވެސް އެ މުއްދަތުގައި މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމް މެދުވެރިކޮށް ބޭންކިންގ ގެ ޚިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.