English Edition
Dhivehi Edition
މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ކޯލްޑް ސްޓޯރޭޖު ފުރޭތީ މިފްކޯ އިން މަސްވެރިންގެ އަތުން މަސްގަތުން ކޮންޓްރޯލު ކޮށްފި އެވެ.

މިފްކޯ އިން ބުނީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާތީ، އެ ކުންފުންޏަށް ލިބޭ މަހުގެ ޢަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކޯލްޑް ސްޓޯރޭޖު ފުރެމުން އަންނަކަމަށެވެ.

މިހެންވުމުގެ ސަބަބުން ދެން ކޮންމެ ދޯންޏަކުން ވެސް ކިރާނީ ފަސް ޓަނުގެ މަހެވެ. މިގޮތަށް ނިންމީ ދޯނިފަހަރު ކިޔޫގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަންނަން ބޭނުންވާތީ ކަމަށް މިފްކޯއިން ބުނެއެވެ.

އާންމުގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހެއް ނޫންނަމަވެސް މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކިޔޫއަށް އެރި ދޯނިފަހަރުގެ މަސް ހުކުރު ދުވަހު ވެސް ކިރަމުންދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.