English Edition
Dhivehi Edition
ފޭދޫގައި ކުރިއަށް ގެންދިޔަ އިންޑީއާ އައުޓް ހިނގާލުން ފޮޓޯ: އީނާ

އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ގައި ހިނގާލުމެއް ބާއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅުތެރޭގައި ފުޅާކޮށްފައިވާއިރު، މިއަދު ހަވީރު ފޭދޫގައި ބޭއްވި ހިނގާލުމުގައިވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި ބައިވެރި ފަރާތްތަކުން ވަނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، މިއީ އަދި ފެށުމެއްކަމަށް މިއަދުގެ ހިނގާލުމުގައި ބައިވެރިވި ފޭދޫ މީހަކު ވަނީ ބުނެފައެވެ.

ފޭދޫގައި ކުރިއަށް ގެންދިޔަ އިންޑީއާ އައުޓް ހިނގާލުން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންވުމަށް ފަހު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ހިންގަމުން އަންނަ ހަރަކާތްތައް އިތުރަށް ފުޅާކޮށްފައިވާއިރު، މިކަމާއި ދެކޮޅަށް އެމްޑީޕީއާއި މި ސަރުކާރުގެ ގިނަ ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ. މި ގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ މި ހަރަކާތް މިހާރު ކުރިއަށްގެންދާ ގޮތަށް ކުރިއަށް ގެންދަން ސަރުކާރުން ދެން ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފައެވެ،

މީގެ އިތުރުން އަލީ ޒާހިރު ވަނީ “އިންޑިއާ އައުޓް” ހަރަކާތަކީ އިދިކޮޅުން ގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަލީ ޒާހިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ މި ހަރަކާތްތައް ހުއްޓުވުމަށް ގޮވާލާފައެވެ.