English Edition
Dhivehi Edition
ސިޓީކައުނސިލްގެ ފުޓްސަލްމުބާރާތުގެ ގުރުއަތަލުން

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް އާއި ހޯދަޑު ސްޕޯރޓްސް ކްލަބް އެވެ.

މި މުބާރާތުގައި ކޮންމެ ރެއަކު ވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓުގައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 08 ޓީމު ވަނީ ބައިވެރިވެފައެވެ، މިގޮތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ މާލެގަން ޔޫތު ފައުންޑޭޝަން، ހޯދަޑު ސްޕޯޓްސް ކްލަބް، އެފްސީ ދޫނޑިގަލޯނާ، އެފްސީ ދޫނޑިގަލޯނާ ޖޫނިއާރސް، އެފްސީ ދަޑިމަގު، އެފްސީ ދަޑިމަގު ޖޫނިއާރސް، އެކުވެރި ފުނާޑުގެ އިތުރުން އެކްސް.ޖޭ.ވީ.ސީ ފުނާޑެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޯށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލުން މި މުބާރާތް ބާއްވަމުން އަންނަ 03 ވަނަ ފަހަރެވެ. ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ބޭއްވި ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ.