English Edition
Dhivehi Edition

ގއ.ގެމަނަފުށީގައި އަލަށް ގާއިމްކުރެވޭ ވޮލީކޯޓުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 29 ޑިސެމްބަރ 2021 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެންގުމަށް ކައުންސިލުން ވަނީ އެދިފައެވެ. މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 04 ޖެނުއަރީ 2022 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިކަމަށް މި އިއިލާނުގައި ވަނީ ބުނެފައެވެ،.

މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 16 ޖެނުއަރީ 2022 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.