English Edition
Dhivehi Edition

އުރީދޫ އެމް ފައިސާގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ އިން ބުނީ ޑިޖިޓަލް ވޮލެޓް، އެމް ފައިސާ މެދުވެރިކޮށް ކަނޑައަޅާފައިވާ ރެސްޓޯރެންޓުތަކާއި ފިހާރަތަކުން ވިޔަފާރިކޮށް، މި ޕްރޮމޯޝަންގެ ދަށުން އަނބުރާ ލިބޭ 10 ޕަސެންޓު ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށް ކަމަށެވެ.

އުރީދޫން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ފައިސާ އަނބުރާ ލިބެނީ ސެމިލީސް، ދަ ޑައިނަރސް ކްލަބް، ދަ ގްރޯވް، ރެޑްވޭވް، ވީބީ މާޓް އަދި ޑަބްލިއުއެޗްއައިއެމް އިން ކުރާ ވިޔަފާރިތަކުން ނެވެ.

ރެސްޓޯރެންޓުތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމާއި ބިލުތައް ވެސް އުރީދޫ އެމް ފައިސާ މެދުވެރިކޮށް ދެއްކޭނެ އިރު، ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައިބީ ކަސްޓަމަރުންނަށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މިއީ އުރީދޫގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭ ޚިދުމަތެކެވެ.