English Edition
Dhivehi Edition

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން އަހަރު ނިންމުމާއި ދިމާކޮށް “އެކުލަ މިކުލަ” ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާ އެވެ.

ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 12 ޖެނުއަރީގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ.

މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމްސް ގަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ އިރު، 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަފްތާއަކު އެއް ފަހަރު ނެގޭ މި ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ޑުބާއީ ދެކޮޅު ޓިކެޓް ލިބިގެންދާނެ އެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.