English Edition
Dhivehi Edition

ޝަމްސުއްދީނު ސްކޫލުގައި ޓީޗަރުންގެ ދުވަސް ކުލަގަދަކޮށްފާހަގަކޮށްފިއެވެ. އިއްޔެ ހެނދުނު ޝަމްސުއްދީނު ސްކޫލުގެ ޓީޗަރުންނަށް ރަތް ދޫލައިގައި މަރުހަބާކިޔާފައިވާއިރު ސްކޫލުގައި ވަނީ ދުވަހާއި ގުޅޭ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ.

މި އެސްމްބްލީގައި ސްކޫލުގެ ކެޕްޓަން މިސްކާ ވަސީމް ވަނީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކޮށް ޓީޗަރުންނަށް ހުރިހާ ދަރިވަރުންގެ ނަމުގައި ޝުކުރު ދަންނަވަފައެވެ. މި އެސެމްބަލީގައި ސްކޫލުގެ ދަރިވަރުންވަނީ ހުރިޙާ ޓީޗަރުން ސޭޝް އަޅުވާފައެވެ. މީގެ އިތުރުން ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންވަނީ ޓީޗަރުންނަށް ހާއްސަކޮށްގެން ކްލާސްތަކުގައި ޕާޓީ ބާއްވާފައެވެ.

ރޭ ސްކޫލުގައި ބޭއްވި ޑިނާ ނައިޓްގައި ޓީޗަރުންކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ޕީޓީއޭގެ ނައިބް ރައީސްވަނީ ޓީޗަރުންނަށް ހަދަނީ ފިލާ އަރުވާފައެވެ.