English Edition
Dhivehi Edition
ފުލުހުން ހޯދަމުންދާ ހޯދަމުންދާ ރިކްޒު އާދަމް ފޮޓޯ: ޕޮލިސް މީޑިއާ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހޯދަމުންދާ މީހަކީ ރިކްޒު އާދަމް، ގދ. ތިނަދޫ / ފައިވްރޯސް (19އ)ކަމަށެވެ.

އޭނާ ހޯދަން އިއުލާންކޮށްފައިވަނީ، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާންކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ރިކްޒު އާދަމް އަށް މި މަހުގެ 14 ވަނަ ދުވަހު 12:00 އަށްޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފައެވެ.

ޓެގު