English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ޢަލީ އިސްމާޢީލް ފޮޓޯ: ޕޮލިސް މީޑިއާ

މާލެ ސިޓީއިން މީހަކު ގެއްލިގެން، ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ،

ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ކަަމަށެވެ.. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ،

އެހެންކަމުން ގެއްލިގެން ހޯދަމުންދާ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު