English Edition
Dhivehi Edition
ސަން ފޮޓޯ/ފަޔާޒު މޫސާ

ކުރިއަށްއޮތް 2022 ވަނަ އަހަރަށް އިތުރު 04 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ދުވަސްތަކުގެ ތެރޭގައި؛

  1. 05 މޭ 2022 (ބުރާސްފަތި)
  2. 13 ޖުލައި 2022 (ބުދަ)
  3. 14 ޖުލައި 2022 (ބުރާސްފަތި)
  4. 28 ޖުލައި 2022 (ބުރާސްފަތި)

މޭ 05 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ފިތުރު އީދުގެ މުނާސަބަތާއި ގުޅިގެން ކަމަށް ބެލެވޭއިރު، ޖުލައި 13 އަދި 14 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އަޟްހާ އީދުގެ މުނާސަބަތާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. އަދި 28 ޖުލައި އަކީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ދުވަހެއް ކަމުގައި ބެލެވުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި މިގޮތަށް ފާހަގަކުރެވިފައި ނެތެވެ.

1 ކޮމެންޓް
ޔަހްޔާ
ޑިސެމްބަރު 9, 2021
މުހިއމެއްނޫން ކުރީގަވެސް ކުރޭ މިހާރު އެއުޅެނީ ޔޫއޭއީ ބަންދުވަސްތަށް ހެދުމުން ހުކުރު ދުވަސް ވެސް ހުޅުވާގޮތަށް ހަދަން ކޮޕީ ކުރާމީހާ