English Edition
Dhivehi Edition

ރާއްޖޭގެ މޫސޫން ގޯސްވެ ވިއްސާރަވުމާ ގުޅިގެން މިއަދު މެންދުރު 2 ޖެހުމާއި ހަމައަމަށް ހުވަދުއަތޮޅަށް “ޔެލޯ އެލާޓް” ނުވަތަ ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ގދ. އަދި ގއ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާކަމަށެވެ. މިއަދު 11:30އިން 14:00އާ ހަމައަށް އެސަރަހައްދަށް އެލާޓް ނެރެފައިވާއިރު އެހިސާބަށް މިވަގުތުތަކުގެ ތެރޭގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށްއޮތް 05 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާއިރު، ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، މިހާރުދަނީ ވިއްސާރަކުރަމުންނެވެ.

މިއާއެކު މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައި ވަނީ ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 08:00އިން ފެށިގެން މެންދުރު ފަހު 14:00އާއި ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.