English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ކްލިކް ކޮލެޖުން ހުޅުމާލޭގައި ބޭއްވި ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަސާރާ ދީންގެ ލަވައެއް ޖެހި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަސާރާ ދީން ޕްރޮމޯޓުކުރާ ލަވަތަކެއް ޖެހި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ދީނީ ގިނަ ޖަމިއްޔާތަކެއް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިހާދުންނެވެ.

ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނީ އެއީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ޤާނޫނާއި ހިލާފު ބޮޑު ކުށެށް ކަމަށެވެ، އެހެންކަމުން އެ ހަރަކާތުގެ މައްސަލަ ބަލައި އެކަމުގައި ޤާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅައި އެ ފަރާތްތަކަށް ދައުވާކޮށް ދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މި ހަރަކާތާއި ގުޅިގެން ކްލިކް ކޮލެޖަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ ކްލެންޖުން ވަނީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން މައާފަށް އެދޭކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.