English Edition
Dhivehi Edition

ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫންކަމަށާއި މިއީ އިންޑީއާގެ އަވަށެއް ކަމަށް އެ ގައުމުން ހީކޮށްގެން ނުވާނެކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ،

ރައީސް ޔާމީން މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އަމަންކަން ބެލެހެއްޓުމަށް އިންޑިއާގެ ސިފައިން ތިބެން ޖެހޭ ސަބަބެއް ނެތް ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ވެސް ނުވާނެކަމަށެވެ.

އިންޑިއާއާއެކު މި ސަރުކާރުން ބާއްވަމުން އަންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެފައެވެ. އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރި ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެހެންނަމަވެސް ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނޫންނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެ އިން ފޮނުވާލަން ވެރިކަމުގައި ހުންނެވިއިރު މަސައްކަތް ކުރިއްވިކަން ފާހަގަކުރައްވާފައެވެ.