English Edition
Dhivehi Edition
ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން މިނިވަންކޮށްދިން ނަމަވެސް މި ސަރުކާރުން އެމަނިކުފާނަށް އަދިވެސް އިތުރު ތުރާތައް ކުރިމަތި ކުރުވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް ރައީސް ޔާމިން މިނިވަންކޮށްފައެވެ. ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ވ. އާރަށް މައްސަލާގައި ވެސް އިތުރު ދެ ދައުވާއެއް އުފުލަން ނިންމާފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދަށު ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަތަކާއި، އެ ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ދެވަނަ މައްސަލައާއި ގުޅޭ ގޮތުން ނޫސްވެރިން ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ހަމައިން ވެސް ވަކީލުންގެ ބުރަ މަސައްކަތަށް ނިމުމެއް ނާންނަ ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ތުރާ ކުރިމަތި ކުރުވާނެ ކަން ފާހަގަކުރައްވަމުން ޑރ.ޖަމީލު ވިދާޅުވީ ދެން ވަކީލުންގެ ޓީމުގެ މުޅި ފޯކަސް އޮންނާނީ ދަށު ކޯޓުގައި އޮތް މައްސަލަތަކާއި އެހެން މައްސަލަތަކަށް ތައްޔާރުވުމަށް ކަމަށެވެ،