English Edition
Dhivehi Edition

ސ.މީދޫ ސައިމާގޭ މަރްޔަމް ޝިހާމް 47އ އަކީ އޭނާގެ މަންމަ އަދި ބައްޕަގެ 9 ކުދިންގެ ތެރެއިން 8 ވަނަ ދަރިއެވެ. މަރްޔަމް އަކީ ކުޑައިރުއްސުރެ ސިއްޙީ މައްސަލަތަކެއް ދިމާވަމުން އައި މީހެކެވެ. މަރްޔަމްގެ ކޮއްކޮ އާމިނަތު ޝިހާމް ބުނި ގޮތުގައި މަރްޔަމްގެ ދުވަސްވީ ސިއްޙީ މައްސަލައަކަށް ބޭސްކޮށް ދާދި ފަހުން އެކަމަށް ވަނީ ފަރުވާ ލިބިފައެވެ. އެއަށްފަހު އޭނާއަށް ކުޑަލުއިކަމެއް ލިބުމާއެކު ދެން ދިމާވީ ކަންތަކާއެކު. އޭނާ ބޮޑުބައްޔަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އާއިލާގެ އެއްވެސް މީހަކު ހިތަކަށްވެސް ނާރަައެވެ. އެހެން ނަމަވެސް ތަގުދީރުގައި ލިޔެވިފައިވާ އެއްވެސް އެއްޗެއް މީހަކަށް ނޭގެނެތާއެވެ. މަރްޔަމްއަށް ކުރިމަތިލާންޖެހުނީ ވޭންހުރި ބައެއްޔެއް ކަން އެނގިފައި ނުވާކަން ފާހަގަކޮށް މަރްޔަމްގެ ބަލިހާލަތު ހިތްދަތި ވާހަކަ މަރްޔަމްގެ ކޮއްކޮ އާމިނަތު ފަށައިގަތީ ދީލަތި އެހީތެރިކަމެއްގެ އުއްމީދާއެކު ކޮއްކޮ އަށް އަވަސް ޝިފާއެއް މިންވަރުކުރައްވާތޯއެވެ.

މަރްޔަމް އޭނާއަށް ސިއްހީ ގޮތުން ދިމާވި އުދަގޫ ހަލާތާއިއެކު ދިރިއުޅެމުން ދަނިކޮށް އިތުރު އުނދަގޫތަކެއް ވެގެން ޑޮކްޓަރަށް ދެއްކީ އެއްވެސް ބޮޑު ބައްޔެއް ހުރެދާނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ބަލި ޖައްސަވަނީ ވަކި ފަރާތަކުން ކަމުން އެމީހަކަށް މިންވަރުކުރެއްވި ގޮތާއިމެދު ރުހިގަބޫލުކުރުން ނޫންގޮތެއް ނޯވެއެވެ.

2019 ވަނަ އަހަރު މަރްޔަމްގެ އުރަމަތީގައި މައްސަލަތަކެއް ހުރުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަނީ ދައްކާފައެވެ. އޭރު މާބޮޑު މައްސަލަތަކެއް ހުރި ކަމަކަށް ނުދައްކައެވެ. އޭގެ ފަހުން މިއަހަރު އޯގަސްޓްމަހު މަރްޔަމް އައި.ޖީ. އެމް ހޮސްޕިޓަލަށް ދެއްކުމުން އެ ހޮސްޕިޓަލުން ވަނީ އުރަމަތީގެ ޓެސްޓުތަކެއް ހެދުމަށްފަހު “ޑަކްޓަލް ކާސިނޯމާ” އަށް ޝައްކުވެގެން އިތުރަށް ޔަގީން ކުރުމަށް އޭނާގެ އޮޕްރޭޝަނެއް ކުރުމަށްފަހު އުރަމަތީގައި ލާފައިވަ ގަނޑުނެގުމަށްފަހު އިތުރު ތަހުލީލުތަކެއް ހެދުމަށް އިންޑިއާއަށް ފޮނުވައިގެން ޓެސްޓުހަދާފައެވެ.

އޮޕްރޭޝަން ކޮށްނަގާފައިވާ “ލަމްޕް” ތަހުލީލު ކުރުމަށްފަހު ލިބުނު ނަތީޖާ އިން އޭނާ އާއި އާއިލާގެ ހުރިހާ މެމްބަރުންގެ ހިތްކުދި ކުދި ވިއެވެ. އާދައިގެ ހާލެއްގައި އުޅޭ މަރްޔަމް އަށް “ޑަކްޓަލް ކާސިނޯމާ” (އުރަމަތީގައި ހުންނަ ކިރު ދަތުރު ކުރާ ހޮޅިތަކަށް ޖެހޭ ކެންސަރ) ޖެހިފައިވާ ކަން އިންޑިއާއިން ހެދި ތަހުލީލުތަކަށްފަހު މިހާރުވަނީ ކަށަވަރުކޮށްދީފައެވެ.

މަރްޔަމްގެ ކެންސަރ ބަލި ދަނެގަނެވުނު އިރު އޭނާގެ ބަލި ވަނީ ސްޓޭޖް-2 ގައެވެ. މަރްޔަމް އަށް ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ފުރުމަށް ޑޮކްޓަރު އަންގަފައިވީ ނަމަވެސް މާލީ ހާލަތު ހުރިގޮތުން އަދި ވަނީ ފުރޭނެ ގޮތެއް ނުވެފައެވެ. އިތުރު ފަރުވާ އަށް މަރްޔަމް އާއި އޭނާގެ ކޮއްކޮ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ފުރުމަށާއި ބޭސްފަރުވާއަށް މިހާރު އާސަންދަ ވަނީހަމަ ޖެހިފައެވެ. އެހެން ނަމަވެސް އެއާއިލާގެ މާލީ ހާލަތު ހުރި ގޮތުން ވަނީ އިތުރު އެހީއަކަށް ބޭނުންވެފައެވެ. މަރްޔަމްގެ ބޭސްފަރުވާ އަށް ގޮސް އިންޑިއާގަިއ ތިބެންޖެހޭ މުއްދަތު އެނގިފައި ނުވުމާއެކު ބަލީގެ ގޮތުން ގިނަ ދުވަހު ތިބެންޖެހޭނެތީ ބޮޑުހަރަދެއް އެކަމަށް ދާނެތީ، ބޭސްފަރުވާ އަށް ތިބެވޭނެހާ މާލީ ތަނަވަސް ކަމެއް އެ އާއިލާގައި ނެތެވެ.

އިންޑީޔާއަށް ދިއުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އާސަންދައިގެ ދަށުން ހަމަޖެހިފައި އޮތްކަމުގައި ވިޔަސް، އިންޑިޔާގައި ތިބުމާއި ކެއުމާއި، އަދި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް، ފައިސާގެ އެހީތެރިކަމަށް މަރްޔަމްގެ އާއިލާ އިން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. މަރްޔަމް އަށް އެހީއެއް ވެދެވެން އޮތް ބޭފުޅެއްނަމަ ލަސްނުކުރައްވާށެވެ. އެހީއެއް ދެވެން ނެތް ނަމަ، ހެޔޮ ދުޢާ ކޮށްދެއްވާށެވެ.

މަރްޔަމްގެ ބައްޔާއި ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7964560(އަމިނަތު ޝިހާމް، ކޮއްކޮ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް (7730000032598 – އާމިނަތު ޝިހާމް) އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް މަޔްރަމްގެ ކޮއްކޮ އާއި އޭނާގެ އާއިލާއިން އެދެއެވެ.

ޑޮލަރު އެކައުންޓް ނަންބަރު:7730000417664

އެކައުންޓް ނަން:އާމިނަތު ޝިހާމް

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)