English Edition
Dhivehi Edition

އައްޑޫ ސިޓީގައި ކޮވިޑް19 ކޮންޓްރޯލްނުވެ ފެތުރެމުންދިޔުމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީގައި މިއަހަރުގެ އޯގަސްޓަމަހުން ފެށިގެން ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު އެ ސިޓީއިން މިހާތަނަށް މި ބަލީގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އައްޑޫ ސިޓީގައި ބަލި ކޮންޓްރޯލުކުރުމަށް މިހާރުވެސް ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ސީޓިގައި އަންނަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއުވެސް ހިންގަމުންނެވެ. އެހެންނަމަވެސް މި ފިޔަވަޅުތަކާއެކުވެސް ބަލި ކޮންޓްރޯލްކުރެވިފައި ނުވާއިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 290 އަށް އަރާފައެވެ،

މިއަދު ކުރިއަށް ދިޔަ އައްޑޫސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ކޮވިޑް ޓާސްކު ފޯހާއި ބައްދަލުކޮށް އެ ސިޓީގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އައްޑޫގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ކޮވިޑްގެ ނަމްބަރުތައް މިހާރު ހުރި ގޮތުން އިތުރު ފިޔަވަޅުތަކެއް ނެތި ކުރިއަށް ދިޔުން އުނދަގޫވާނެކަން ފާހަގަކުރައްވާ މޭޔަރު ނިޒާރު ވިދާޅުވީ މިހާރު މުޅި ރާއްޖެއިންވެސް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވާ އެއް ސިޓީއަކީ އައްޑޫ ސިޓީކަމަށެވެ.

އިތުރަށް ނިޒާރު ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީގައި ހަލުވި ކަމާއިއެކު ބަލި ފެތުރޭ ކަމަށާއި ފުރަބަންދު ކުރުމުން ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އާންމުންނަށާއި ވިޔަފާރިތަކަށްވެސް އެ ފިޔަވަޅުގެ ސަބަބުން އުދަގޫތަކާއި ކުރިމަތިލާންޖެހޭނެކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އެ ފިޔަވަޅުވެސް އެޅެން ނެތްކަމަށެވެ. މާ ލަސްތަކެއްނުވެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވެ ނިޒާރު ވަނީ އެކަން ލަސ.ވަމުން ދަނީ އެޗްޕީއޭގެ ހުއްދައާއި އެކީ އެކަން ކުރަން ޖެހޭތީ ކަމަށެވެ/