English Edition
Dhivehi Edition

ސައްހަ ނޫން ސްލިޕެއް ފޮނުވުމަށްފަހު، މުދާ ގެންދިޔަ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާ ހޯދަމުންދަނީ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކިކަން ދެއްކުމުގެ ގޮތުން ސައްހަނޫން އިންޓަރނެޓް ބޭންކިން ސްލިޕެއް ފިހާރައިގެ ނަންބަރަށް ވައިބަރ ކުރުމަށްފަހު މުދާ ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ކަމަށެވެ.އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މި މީހާ ހޯދިފައިނުވާކަން ފާހަގަކޮށް ފުލުހުން ވަނީ އޭނާގެ ވީޑިއޯ އެއް އާންމުކޮށްފައެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ޓެގު