English Edition
Dhivehi Edition

އުރީދޫ އިން ބިދޭސީ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފިއެވެ،

މި މުބާރާތަކީ އުރީދޫ އާއި މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަނުގެ އިތުރުން މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކާޒް (އެމްއެމްޑަބްލިއު) ގުޅިގެން ބާއްވާ މުބާރާތެކެވެ. އެމްއެމްޑަބްލިއުގެ އެއްވަނަ އަހަރީ ދުވަހާއި ދިމާކޮށް ބާއްވާ މި މުބާރާތަކީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި އެ މީހުންގެ މަސައްކަތުގެ އަގު ވަަޒަންކޮށް، ހިތްހަމަ ޖައްސަައިލުމަށް ވަގުތުކޮޅެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބައިވެރިވުމަށް ޓަކައި ފުރަންޖެހޭ ފޯމު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެ މީހެއްގެ ގައުމެއްގެ ބަހުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެކުވެނި ސްޓޭޑިއަމްގައި ހުންނަ ކްރިކެޓް ބޯޑު އޮފީހަށެވެ. ފޯމު ހުށަހެޅޭނީ މާދަމާ މެންދުރު 12:00ގެ ކުރިންނެވެ.މި މުބާރާތުގައި ބައިވެރިވުމުގެ ފޯމު ލިބެން ހުންނާނީ އެމްއެމްޑަބްލިއުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުންނެވެ.

މި މުބާރާތުގައި ބިދޭސީ މަސައްކަތްތެރިން ބައިވެރިވުމަށް ޓަކައި ހަމަ ކުރަން ޖެހެނީ 20 މީހުންގެ ޓީމެކެވެ.

ޓެގު