English Edition
Dhivehi Edition

ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ލ. ހިތަދޫ އަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ އަންހެން މީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު ފަރުވާ ދެމުން ދަނިކޮށެވެ.

އިއްޔެ ހެނދުނު އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބަމުން ދިޔަ ކަމަށާއި އަންހެންމީހާ ނިޔާވީ ދަރިފުޅު ނަގާފައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ލ. ގަން ހޮސްޕިޓަލުގެ ޑިޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އިތުރަށް ޝިޔާމް ވިދާޅުވީ ސިޒޭރިއަން ހަދައި ނިމިގެން ފުދޭވަރަކަށް ލޭއަޅަން ޖެހުނު ކަމަށާއި ފަހުން ކުއްލިއަކަށް ހާލު ބޮޑުވެގެން އައިސީޔޫއަށް ލާން ޖެހުނުކަމަށެވެ. އަދި އަންހެންމީހާ ނިޔާވީ ލޭ މަނާ ނުވެގެން ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސިޒޭރިއަން ހަދައި އަންހެން މީހާގެ ބަނޑުން ދަރިފުޅު ނެގިއިރު ބަނޑަށް 33 ހަފްތާއެވެ. ވިހެއި ކުއްޖާއަށް އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް، ހާލު ދެރަވެގެން މިވަގުތު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ،

4 ކޮމެންޓް
ދރޢ
ނޮވެމްބަރު 22, 2021
Stop making this political. I think the uneducated one is you, no? Do you know the risks of having cesarean section multiple times? Do you know what percentage of the uterus actually heals after a c-delivery? No? Do you know the risks of having kids after you’re 41? Oh. How about the prognosis of obstetrical hemorrhage? No? Then shut up.
Majy
ނޮވެމްބަރު 22, 2021
Mi ki ey kahala gothakah liuhvan v nun tho thi bayfulhun
Habeeb
ނޮވެމްބަރު 22, 2021
Nukiyavaa ibooge verikamuga mikahala kankan hDufahana alhaafa
J
ނޮވެމްބަރު 21, 2021
Kobaahey masodi naseem. Kihaabodu balaaeh