English Edition
Dhivehi Edition

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ،

“ހިޔާ އުފާ ޗިލްޑްރަންސް ފެސްޓިވަލް” ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަވީރު ކުރިއަށް ގެންދަނީ މިއަދު ހަވީރު 16:00 ގައި ހުޅުމާލޭ ހިޔާ ފްލެޓްތަށް ކައިރީގައެވެ.

މި އިވެންޓާއި ބެހޭ ގޮތުން މައުލޫމާތު ދެމުން އުރީދޫ އިން ބުނީ މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ، މި ގޮތުން ސްނެކް އެންޑް ލެޑާސް، ކަލަރިން ސްޓޭޝަން ، ހޫޕްސް ތުރޯ، ފޭސް ޕެއިންޓް، އަދި ޖާދޫ ގަރުގެ ޖާދޫތައް ހިމެނެއެވެ. ހަބޭސް ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އެވެންޓްގެ ތެރެއިން އުރީދޫގެ ސްޕެޝަލް އޮފާސްތައް ވެސް ލިބިވަޑައިގަންނަވާނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޓެގު