English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް 25 ޖެނުއަރީ 2020 ވަނަ ދުވަހު ކާނިވަލް ސަރަޙައްދުގައި ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން ބޭއްވި އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: އެމްވީ ކްރައިސިސް

އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ،

ފުލުހުންގެ މީޑިއާއިން ބުނީ ފަސް އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށަކުންނެވެ.

ފަސް އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ވެސް ނުވަތަ ނޫން ކަމެއްވެސް އަދި ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއްވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އިތުރުވެފައިވާއިރު، މި ފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭކަމަށް ބުނެ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.