English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅުޖެހި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ނަމަަކަށް ކިޔާ މީހެކެވެ.

މި މީހާ މިސްކިތަށް ވަދެ ހަތިމަށް ކުޅުޖަހާފައިވަނީ، މާލޭ އެކި މިސްކިތްތަކަށާއި، ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރުކޮށް ދައުވާކުރަން ފީޖީ އޮފީހަށް ފޮނުވުމަށްފަހު ބަންދުން ދޫކޮށްލާފައިވަނިކޮށެވެ، މިސްކިތަށް ކުޑަކަމުދިޔަ މައްސަލާގައި މި މީހާ ހައްޔަރުކުރީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ. މި މީހާ ހައްޔަރުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނި ނަމަވެސް އޭނާގެ ނަފްސާނީ މައްސަލަ އެއް ނެތްކަމަށް ފަހުން ވަނީ ބުނެފައެވެ.

މި މީހާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިސްކިތަށް ވަދެ ހަތިމަށް ރަތްކުޅު ޖެހުމުން އެތަނުގައި ތިބި މީހުން އޭނާ ފުލުހުންނާއި ހަވާލުކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހި 10 ދުވަސް ހަމަވެގެން ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިހާރު ވަނީ އިތުރު ފަސް ދުވަސް ޖަހާފައެވެ.

 

ޓެގު