English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ.

ސަރޮގެސީ މެދުވެރިކޮށް ޕްރިތީއަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާކަން ޔަގީންކޮށްދެމުން އޭނާގެ ފިރިމީހާ ޖީން ގުޑްއިނަފް ވަނީ ސޯޝަލް މީޑިއާގައި މި ހަބަރު ހިއްސާކޮށްފައެވެ. އަދި ޖީން އާއި ޕްރީތީ އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްކަން ހާމަކޮށް އޭނާގެ ފިރިމީހާ ވަނީ ކުދިންގެ ނަން ވެސް ހިއްސާކޮށްފައެވެ. އުމުރުން 46 އަހަރުގައި ޕްރިތީއަށް ދެ ކުދިން ލިބުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ދެމަފިރިންނަށް ތަހުނިޔާ ކިޔަމުންނެވެ.

2016 ވަނަ އަހަރު ޖީން އާއި ޕްރިތީ ކައިވެނި ކުރުމަށްފަހު ޕްރިތީ ވަނީ އޭނާގެ ދިރިއުޅުން ލޮސް އެންޖަލިސް އަށް ބަދަލުކޮށްފައެވެ، މިހާރު ފިލްމު ކުޅުމާއި ތަންކޮޅެއް ދުރުގައި އުޅެމުން އަންނަ ޕްރިތީ އާއި ޖީން ދިމާވީ ކައިވެނީގެ ކުރިން ޕްރިތީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިންޑިއާގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ނެސް ވާޑިއާ އާއި ރުޅިވެ، އެ ހިތާމައިގައި އުޅުނު ދުވަސްވަރުއެވެ. އެ ދުވަސްވަރު ޖީން ވަނީ ޕްރިތީގެ ކުރީގެ ލޯބިވެރިއާ އޭނާއަށް އަނިޔާ ކުރި މަންޒަރު ލޮލުން ފެނުނު ކަމަށް ކޯޓުގައި ހެކި ބަސްވެސް ދީފައެވެ.