English Edition
Dhivehi Edition

ބައިނަލްއަޤުވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް، ޝަމްސުއްދީން ސްކޫލުގައި ފާހަގަކޮށްފި އެވެ.

އިއްޔެ ހެނދުނު ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްލީގައި މިދުވަސް ފާހަގަކޮށްފައިވަނީ ދަރިވަރުންނަށް ދުވަސްވީ މީހުންގެ މުހިއްމުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކަކީ ވަކި ބޭނުމެއްގައި ފާހަގަކުރާ ދުވަސްތަކެއްކަން ކުދިންނަށް އަންގައިދިނުމުގެ މަޤްސަދުގައެވެ.

އިއްޔެ ހެނދުނު ބޭއްވި އެސެމްލީގައި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ހިޒްޔަމް ވަނީ ދުވަހާ ގުޅޭ މަޢުލޫމާތު ދަރިވަރުންނާ ހިއްސާކޮށްފައެވެ.ހިޒްޔަމުގެ ވާހަކައިގެ ދުވަސްވީ މީހުންނަކީ މުޖުތަމައުއަށް ކިހާ މުހިއްމު ބައެއްކން ދަރިވަރުންނަށްވަނީ ކިޔައިދީފައެވެ.މީގެ އިތުރުން މުސްކުޅިން ދުނިޔޭގައި އުޅޭ މިންވަރާއި ރާއްޖޭގައި އުޅޭ މިންވަރާ ބެހޭ ގޮތުން ހިޒްޔަމްގެ ވާހަކައިގައި ވަނީ އަލިއުޅުވާ ކުދިންނަށް މުހިއްމު މައުލޫމާތުތަކެއް ދީފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ މިދުވަހުގެ ޔޫއެންގެ މިއަހަރުގެ ޝިޢާރަކީ ” ސްޓެޕިންގ އިންޓު ދަ ފިއުޗާރ: ޓެޕިންގ ޓެލެންޓްސް، ކޮންޓްރިބިއުޝަންސް އެންޑް ޕާރޓިސިޕޭޝަން އޮފް އެލްޑާރލީ ޕާރސަންސް އިން ދަ ސޮސައިޓީ ” އެވެ.