English Edition
Dhivehi Edition
އައްޑޫއަށް ލެއްގި ބޮޑު މަސް

އައްޑޫސިޓީ ހިތަދޫ މޫލެކެޑެ އީދިގަލާއި ކައިރިން އޮޑަސާއޭ ކިޔާ ސަރަޙައްދަށް ބޮޑުމަހެއް ލައްގައިފިއެވެ.

މިއަދު ހެނދުނު ފުރަތަމަ މިމަސް ފެނުނީ ހިތަދޫ ސްކޫލާއި ދިމާލުން ފުއްޓަރުފަރާތު ފަންނުގެ ފަރުމަތިންނެވެ.

ގާތްގަނޑަކަށް 30 ހަކަށް ފޫޓު ހުންނާނެ ކަމަށްބެލެވޭ މި މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެފައެވެ. އެހެންކަމުން މިއަދު މުޅި އެސަރަޙައްދުގައިވެސް ވަސް ނުބައިވެފައިވާތީ ޢާއްމުން ޖަމާ ނުވުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ. އެމްއެންޑީއެފް އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން މިމަސް ނެގުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.