English Edition
Dhivehi Edition

ބަރ2000 ފަރަމަންތާ ޗެލެންޖް 2021 ގައި ބައިވެރިވެ، ފުވައްމުލައް ސިޓީގެ ދެ ބައިވެރިއަކު މުބާރާތުގެ ރަން ވަނަތަކެއް ހާސިލްކޮށްފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފުވައްމުލައް ސިޓީގެ 4 ބައިވެރިން، ވަނީ ބައިވެރިވެފައެވެ. މި ގޮތުން ފުވައްމުލައް ސިޓީގެ ޝިމާލް ޝަމީމް ވަނީ ބޮޑީބޯޑިން އެންމެ އުންމީދީ އެތުލީޓުގެ އިތުރުން ބޮޑީބޯޑިން އޯޕަން ކެޓެގެރީ އިން ތިން ވަނަ ހޯދާފައެވެ. މީގެ އިތުރުން ބޮޑީބޯޑިން ޖޫނިއާ ކެޓެގެރީ އިން ތިންވަނަ ޝިމާލް ހޯދާފައިވާއިރު އެ ކެޓަގަރީއިން ފުވައްމުލައް ސިޓީގެ މުހައްމަދު ވިއާމް ވަނީ ދެވަނަ ހޯދާފައެވެ.

ބަރ2000 ފަރަމަންތާ ޗެލެންޖް 2021 އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސަރފިންގ އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ. މި ޙަރަކާތަކީ އެޗް.އެސް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއަރ ކޮފީ ބޮރޭންޑް ބާރ2000 އިލެގީއިން ޚަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. “ބާ-2000” ގެ ފަރާތުން ބޭއްވި މުބާރާތުގައި ކޮންމެ ކުޅިވަރަކުން އަންހެން އެންމެ މޮޅު އެތުލީޓާއި ފިރިހެން އެންމެ މޮޅު އެތުލީޓް ހޮވައި ވަނީ ޝަރަފުވެރި އެވޯޑެއް ކަމަށްވާ، “ޔެލޯ ޖާޒީ” ގެ ޝަރަފު ދީފައިވެއެވެ.

މި ޚަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ. މި ޙަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގ ފަށައިފައިވަނީ ރަސްފަންނު ފަރުންނެވެ. އަދި ސަރފިންގ އަދި ބޮޑީ ބޯޑިންގ ފަށައިފައި ވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުންނެވެ.