English Edition
Dhivehi Edition

އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކޮށްފައިވާ ފަހުމުނާމާގެ ދަށުން ރާއްޖޭގެ 14 ޒުވާނުން ހިމެނޭ ވަފްދެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.
މިއީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއަރޒް އެންޑް ސްޕޯޓްސްއިން ރާވާފައިވާ މި ދަތުރުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީ އާއި އުދައިޕޫރު އަދި އާގަރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތްކުރާނެއެވެ.
މި ދަތުރުގެ ތެރެއިން ދަނޑުވެރިކަމާއިބެހޭ ޔުނިވަރސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުން އަދި ދަރިވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރަން މި ވަފްދުން ދަސްކުރާނެއެވެ. އަދި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ މައުލޫމާތު ވެސް ރާއްޖޭގެ ޒުވާނުން ހޯދާނެއެވެ.
މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދުން ޒިޔާރަތްކުރާނެއެވެ.
ހަމައެހެންމެ މިވަފްދުން ރާއްޖެ އާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ދޭނެއެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލާލައި އަދި ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށްވެސް ޒިޔާރަތްކުރާނެއެވެ.
ފާއިތުވި އަހަރުތަކުގައި ޒުވާނުން ކުރިއެރުވުމަށް ދެގައުމު ގުޅިގެން ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ޓީޗަރުންނާއި ޒުވާނުން ތަމްރީނު ކުރުމަށް އައިސީޓީ ތަމްރީނު ޕްރޮގްރާމް އަދި ވޮކޭޝަނަލް ޓްރެއިނިންގ ހިންގުމަށް އިންޑިއާ-މޯލްޑިވްސް ޓެކްނޮލޮޖީ އެޑަޕްޓޭޝަން ޕްރޮގްރާމް ފޯ އެޑިއުކޭޝަން ސެކްޓަރ 2011-2013 އަށް ހިމެނެ އެވެ. އަދި އިސީސީއާރް ސްކޮލަރޝިޕް 39 ފުރުސަތު ކޮންމެ އަހަރަކު ޒުވާނުން އިންޑިއާގައި ތަޢުލީމު ހާސިލު ކުރުމާއި 67 ރަށެއްގައި ކުޑަކުދިންގެ ޕާކު އަދި 61 ރަށުގައި އައުޓް ޓޯ ޖިމްދަނީ ތަރައްޤީކުރުމަށް ހިލޭ އެހީ ހިމެނެ އެވެ.

މީގެ އިތުރުން އެކްސިމް ބޭންކް އެލްއޯސީގެ ދަށުން ކުޅިވަރު ތަރައްގީ ކުރުމަށް ތަންތަން ބިނާ ކުރުމުގެ ޕްރޮޗެކްޓް މި ސެޕްޓެމްބަރު މަހުގައި ވަނީ ސޮއިކުރެވިފަ އެވެ. އަދި ހުޅުމާލޭގައި އަޅާ މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމް، 800 މިލިޔަން ޑޮލަރު އެކްސިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަޖެހިފައިވުން ވެސް ހިމެނެ އެވެ