English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ގޮފީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭ ރައިސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު، މިނިސްޓަރ އޮފް އެޑއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޝާފިއު ޢަލީ، ފުވައްމުލައް ސިޓީގެ މެދުދާއިރާގެ އިއްޒަތްތެރި މެމްބަރ ޙުސައިން މުޙައްމަދު ދީދީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރޭ ހާފިޒް އަޙްމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފިން 184 ދަރިވަރަކު ވަނީ ދަސްވެނިވިފައިވެއެވެ. މި ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް ހާސިލްކުރިއިރު، 45 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 1 ހާސިލްކޮށްފައެވެ. އަދި 38 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 2، 28 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 3، 16 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 4، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ.