English Edition
Dhivehi Edition
ހިތަދޫ މުދަށް ވެއްޓިފަ އޮތް ހައިމާކު: ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހިތަދޫގައި މޫދަށް ވެއްޓުނު އެކްސްކަވޭޓަރަކުން ތެޔޮ ލީކުވެ، އެ ސަރަހައްދުގެ މޫދުން ގިނައަދަދެއްގެ މަސްތައް މަރުވުމުން އެ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ނިންމައިފިއެވެ.

މޫދަށް ވެއްޓުނީ ވެލިނެގުމުގެ މަސައްކަތް ކުރުމުންދިޔަ އިންޑިއާ ކުންފުންޏެއްގެ އެކްސްކަވޭޓަރެކެވެ. މި އެކްސްކަވޭޓަރު މޫދަށް ވެއްޓި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މޫދުން ނެގުނު އިރު، އޭގެއިން ގިނަ އަދަދެއްގެ ތެޔޮވަނީ މޫދަށް ލީކުވެފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ އެކްސްކަވޭޓަރު މޫދަށް ވެއްޓުނުތާ ދެ ހަފްތާފަހުން، މިހާރު އޭތި މޫދުން ނަގާފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ އެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެކަން އީޕީއޭގެ ސަމާލުކަމަށް އައުމުން ބަލަން ފަށާފައިވާކަމަށެވެ.