English Edition
Dhivehi Edition
ރައީސް ޔާމީނާއި ރައީސް ނަޝީދު --- ފޮޓޯ: އެމްޑީޕީ

އިންޑިއާ އާއި ދެކޮޅު ހިޔާލުތައް ޕްރޮމޯޓްކުރުން ހުއްޓާލުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ “ދަ ހިންދޫ” ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. ދަ ހިންދޫ އަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިޔަކު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގާތް ގުޅުންތަކުގެ ސަަބަބުން ރާއްޖޭން ގެއްލޭނެ ތާއީދެއް އަދި ގެއްލުމެއް ރައީސް އާއި އެމްޑީޕީއަށް އޮތްތޯ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެއްބަސްވެވޭ ސިޔާސަތުތަކަށް ވާން އެބަ ޖެހޭ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޚާރިޖީ ގުޅުން އޮތް ގައުމަކާ ދެކޮޅަށް ޒާތީ ޚިޔާލުތަކެއް ޕްރޮމޯޓް ކުރެވިގެން ނުވާނެކަމަށެވެ. އަދި ވަކި ގައުމަކާ ދެކޮޅުވާން ގެންގުޅޭ ޚިޔާލުތައް ދޫކޮށްލުމަށް ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކާއި، ރައީސް ޔާމިނުގެ އަރިހުގައިވެސް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ދެކޮޅަށް މުޒާހަރާކުރަމުން އަންނައިރު، “އިންޑިއާ މިލިޓަރީ އައުޓް” އަދި “މިނިވަން ކަމުގެ ދިފާއުގައި ދިވެހިން” މި ދެ ޝިއާރުގެ ދަށުން ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް އަންނަނީ ހިންގަމުންނެވެ،