English Edition
Dhivehi Edition

ގދ. ތިނަދޫގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަލިވުމުން އާއިލާއާއި ހަވާލުކޮށްފައި ވަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ޖަލު ހުކުމެއް ކޮށްފައިވާ 47 އަހަރުގެ ދިވެހި ފިރިހެނަކު ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކުރުމަށް އޮކްޓޯބަރ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އޮކްޓޯބަރ 18 ވަނަ ދުވަހު އޭނާ ބަލިވުމުން ތިނަދޫގައި ހުންނަ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުނު ކަމަށެވެ. އަދި އޭނާގެ ބަލިހާލަތު ހުރިގޮތުން އޮކްޓޯބަރ 21 ވަނަ ދުވަހު އާއިލާ އާއި އެމީހާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ނިޔާވިކަން ފުލުހުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އޭ.އޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ.