English Edition
Dhivehi Edition

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދިޔަ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021ގައި ބައިވެރިވި ރާއްޖޭގެ ޓީމުގައި ހިމެނުނު އަޒްނީން ރަޝާދު ވިލިނގިއްޔަށް ވަޑައިގަތުމާއެކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. .

އެގޮތުން މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ މޭރީ ސްޕޯޓްސް އާއި ވިލިނގިލި ކައުންސިލް ގުޅިގެންނެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން ވިލިނގިލި ކައުންސިލުން ދެވޭ ޚާއްސަ އިނާމެއް ގޮތުގައި 20،000 ރ ވެސް އަޒުނީން އަށް ވަނީ ދީފައެވެ. .

12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021ގައި އަޒްނީން ލޯ މެޑަލް ހޯދާފައިވަނީ މެންސް ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިންނެވެ. މި ފަހަރުގެ މުބާރާތުން އަޒްނީން ލޯ މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައިވެސް އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

އަޒްނީން ވަނީ 2019 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތް އޭޝިޔަން މެން ފިޒިކް ޗެމްޕިއަންޝިޕްގައި ވާދަކޮށް އެމުބާރާތުގެވެސް މެން ފިޒިކްގެ ބައިން އެއްވަނަ ހޯދައި، ސައުތް އޭޝިޔާގެ މިސްޓަރ މެން ފިޒިކްގެ ލަގަބް ހޯދާފައި އެވެ. އަދި މިކާމިޔާބީތަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ވެސް ވަނީ އަޒްނީން އަށް ލިބިފައި އެވެ.