English Edition
Dhivehi Edition

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ 3 މަހުގެ ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުންކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު މި މައްސަލަ އާއި ގުޅިގެން އިހުމާލުވި ޑޮކްޓަރު ވަނީ ސަސްޕެންޑްކޮށްފައެވެ. ކުއްޖާ ނިޔާވި މައްސަލައިގެ ތަހުގީގު ނިމެންދެން، އެ ކުއްޖާއަށް ފަރުވާދިން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރު ސަސްޕެންޑްކޮށްފައިވާއިރު މިއީ މިހާ ހިސާބުން ނިންމާލެވޭ ވަރަށް ވުރެ މާ ސީރިއަސް މައްސަލައެކެވެ. ލިބެންޖެހޭ އަވަސް ފަރުވާ ނުލިބި ރާއްޖޭގައި މީހުން މަރުވާ ނިސްބަތް މަތިވަމުން އަންނައިރު މިއީ،މި ފަދަ ހާދިސާތަކަކީ އެހެން ބައެއްގެ އިހުމާލުގެ ސަބަބުން އާއިލާތަކަށް ލިބިގެންދާ ބޮޑު ހިތްދަތިކަމެކެވެ.

މި ހާދިސާއާއި ގުޅިގެން މިފަދަ ދަނޑިވަޅެއްގައި އެކިއެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އާއިލާއަށް އިތުރު ތަކްލީފްތަކެއް ލިބެގެން ދާއިރު 3 މަހުގެ ކުއްޖާ ނިޔާވި ހާދިސާ އެ ކުއްޖާގެ ބައްޕަ ވަނީ ވަރަށް ތަފްސީލުކޮށް ފޭސްބުކްގައި ހިއްސާކޮށްފައެވެ. ކުއްޖާގެ ބައްޕަގެ ޕޯސްޓުގައި ބުނީ އެ ޕޯސްޓު ލިޔަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބައެއް ނޫސްތަކުގައި ކަނޑައެޅިގެން ދޮގު މައުލޫމާތު ލިޔެފައިވާތީކަމަށެވެ.

އެ ދުވަހު ކަން ހިނގާ ދިޔަ ގޮތް ހިއްސާކުރަމުން ކުއްޖާގެ ބައްޕަ ބުނީ ނިޔާވި ކުއްޖާ މާ ބޮޑަށް “ލޫސް ސްޓޫލް” އިމެޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް ފޮނުވަން އެދުނީ އެރޭ ފަތިހު ކަމަށެވެ. އެކަމަކު ފަސް މިނިޓު ފަހުންވެސް އެމްބިއުލާންސްގެ ހަބަރެއް ނުވުމުން އެންމެ ފަހުން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާން ވެގެން އެކަން ހޮސްޕިޓަލަށް އެންގި ކަމަށެވެ. އެކަމަކު ހޮސްޕިޓަލުން އެންގީ އެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކުއްޖާ ގެންދަންޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ. އެ ވަގުތުވެސް އެ އާއިލާ ބަލިން ރަނގަޅު ވެއްޖެކަމަށާއި ބައްޔަށް ޕޮޒިޓިވްވިތާ 16 ނުވަތަ 18 ދުވަސް ވެއްޖެކަން ހޮސްޕިޓަލަށް އެންގިކަމަށް ކުއްޖާގެ ބައްޕަވަނީ ބުނެފައެވެ

އަމިއްލައަށް ކުއްޖާ އުރާލައިގެން ހޮސޕޓަލަށް ގެންދިޔަ ނަމަވެސް ޑޮކްޓަރު އެޓެންޑްނުވާނެކަމަށް ހޮސްޕިޓަލުން ބުނެފައިވާއިރު، ކުޑަކުދިންގެ ޑޮކްޓަރު އަންނަނީ 8 ޖަހާއިރު ކަމަށްވެސް ހޮސްޕިޓަލުން ބުނި ކަމަށް އެ ޕޯސްޓުގައި ވަނީ ފާހަނގަކޮށްފައެވެ.” ހުއްޓާނުލާ ގުޅާތާ 2 ގަޑިއިރު ފަހުން 6:15 ގައި އެމްބިއުލާންސް ފޮނުވީ އަދި ފެސިލިޓީއަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ 1ގަޑި 30 މިނިޓް ހޭދަވި. ކޮވިޑް ފެސިލިޓީގައި ތިބި ދެ ނަރުހުން ހޮސްޕިޓަލަށް ގުޅާ ޑޮކްޓަރަކަށް ރިޕޯޓްކޮށް ހެދި. އެހެންނަމަވެސް 7:40 ވި އިރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތި ނޭވާ ހުއްޓިއްޖެ” އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ

ކުއްޖާ ނިޔާވި ފަހުން 7:43 ގައި ހޮސްޕިޓަލުން ޑޮކްޓަރުންގެ ޓީމު ‘އެމެޖެންސީ’ގައި އައިކަމަށާއި އެހެންނަމަވެސް އޭރު މާ ލަސްވެއްޖެކަމަށް ކުއްޖާގެ ބައްޕަވަނީ ބުނެފައެވެ. އަދި 9 ޖެހި އިރު ހޮސްޕިޓަލުގެ ޓީމުން ކުއްޖާގެ ހަށިގަނޑު ސްކޭން ކުރުމަށް ހޮސްޕިޓަލަށް ގެންދަން ބުނި ކަމަށާއި އެހެނެންނަވެސް ދަރިފުޅު ދުނިޔޭގަ ހުއްޓާ ހޮސްޕިޓަލަށް ނުވައްދާ ދެން ނުގެންދެވޭނެކަމަށްވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ އެ ދުވަހު 10 ނުވަތަ 11 ޖެހި އިރު އެޗްޕީއޭ އިން ގުޅާ، އާއިލާ ކޮވިޑަށް ރަނަގޅުވެފައިވާކަން އެންގިކަމަށާއި އަދި 11 ނުވަތަ 12 ޖެހިއިރު ހޮސްޕިޓަލުން ވެސް ދަރިފުޅުގެ މޫނު ދައްކަން ގެންދިއުމުގެ ހުއްދަ ދިންކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ކޮވިޑް މަރެއް ނޫންކަމަށާއި މިއީ %100 ހޮސްޕިޓަލުގެ އިހުމާލެއްކަމަށް ކުއްޖާގެ ބައްޕަވަނީ ބުނެފައެވެ.

3 ކޮމެންޓް
ރެއްކަބޭ
އޮކްޓޯބަރު 19, 2021
ތިޔަހެރަ ފެންނަމުންދަނީ ސަރުކާރަށް ޖެއްސުންކުރުމުގެ ކަންތައްތަކެއް. މިއީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ހިންގަމުން ތިޔަ ޖަރީމާތައް. ސަރުކާރުގެ އަގުވައްޓާލާ ސިއްހީ ނިޒާމު ފެއިލްވެފައިވާކަން ދެއްކުމަށް މީހުންގެ ފުރާނަވެސް ދުއްވާލުމަކީ މިބައިމީހުންނަށް އެއްވެސްކަމަކަށް ނުވޭ. އެންބިއުލެންސެއް ދީފިއްޔާ އެ ޙަލާކުކޮށްލާނެ، ލޯންޗެއް ދީފިއްޔާ އެ ފަރަށް އަރުވާލާނެ. އަގުބޮޑު މެޝިނެއް ދީފިއްޔާ ހަލާކުކޮށްލާނެ. މިއީ މިމަރުކަޒުތަކުގައި ހަމަ ގަސްތުގައި ނާޖާއިޒް ފައިދާ ޙޯދުމުގެ ބޭނުމުގައިވެސް ހިންގާ ކޮރަޕްޝަނާއި ގުޅިފައި ހުރި ކަންތައްތަކެއް.
ޖުލް
އޮކްޓޯބަރު 19, 2021
ތީ ކުރީ ސަރުކާރުގެ މައްސަލައެއް.
ހަސަނުގ
އޮކްޓޯބަރު 19, 2021
އައްޑޫގަ ވެސް ސްޕެޝަލިސްޓުން ތިބެޔޯ. އެޕޮއިންޓް މެންޓެއް ލިބެނީ 2 ހަފްތާ ފަހުން. ކުރިން ދުވަހު ދައްކަން ދިޔައިރު، ޑޮކްޓަރު ގަޑި ނުވެސް ޖެހެނީސް، އަވަހަށް ނިންމާލާފަ ގޮސްފިޔޯ. ދެން ކީކޭ ކިޔާނީ. ކޮވިޑް ފެސިލިޓީގަ ޖެކް ކުރެވެނީ ހަވީރު 6 ޖަހަން ދެން ކަމަށް ހަބަރު ލިބެނީ. ދެން 6 ގެ ފަހުން ބަލި ނުވަނީތަ؟ ކޮވިޑް ނުޖެހެނީތަ؟ ނޫނީ ބޮޑުވަރު ނުވަނީތަ؟ އެމަޖެންސީގަ ގޮސް، 2 ގަޑިއިރު އިނދެގެން ޑޮކްޓަރާ ހަމަޔަށް ދެވުނީ. ކިޔުގަ އިންދާ އައި ބައެއް މީހުންގެ ނަމްބަރު ބޯޑަށް އަރުވާ، އެމީހުން އަވަހަށް ވެއްދިތަންވެސް ދުށިން. އާއިލީ މީހުނަ ކަމެއް، ހޮސްޕިޓަލް މީހުން ކަމެއް ނޭނގެ. އެކަމު ބޮޑު ކިޔޫއެއް އޮއްވާ، ކިޔުގެ ފުލުގަ އޮތް މީހާ ވެއްދީމަ ވަރަށް ރީތިދޯ. ހަޑި ނުވާންވެގެން ބަހެއް ނުކިޔާ އިނީ.