English Edition
Dhivehi Edition

ގދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގދ. އަތޮޅު ޤުރްއާން މުބާރާތް 2021 ފަށައިފިއެވެ.

18 އޮކްޓޯބަރު ވީ ހޯމަ ދުވަހުގެ ހެނދުނު ފެށުނު މި މުބާރާތުގައި ހުވަދު އަތޮޅު ދެކުނުބުރީ އެކިއެކި ރަށްތަކުން ޖުމްލަ 91 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އަހަރު މި މުބާރާތް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.

މި މުބާރާތުގައި މިހާތަނަށް 04 ދަންފަޅިއަކަށް ބަހާލައިގެން ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިވެފައިވާ 68 ދަރިވަރުން ވަނީ ކިޔެވުން ފުރިހަމަކޮސްފައެވެ.

މި މުބާރާތުގައި ބައިވެރިވި އުމުރުފުރާތަކުގެ ތެރޭގައި 06 އަހަރުން ދަށް، 09 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، އަދި ހިފްޒް ކުރުމުގެ ބައެއް ވެސް ހިމެނެއެވެ.