English Edition
Dhivehi Edition

ގދ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި، އަތޮޅު ފެންވަރުގެ ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 14 ވަނަ އާންމު ބައްދަލުވުމުގައި އެ ކައުންސިލުން ގދ. އަތޮޅުގެ ރަށްތަކުގެ މެދުގައި ވޮލީ ބޯޅަ މުބާރާތެއް ބާއްވަން ވަނީ ނިންމާފައެވެ.

ގދ. އަތޮޅު ވޮލީ ޓޯނަމެންޓް މުބާރާތުގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ މި މުބާރާތް ބޭއްވުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާންކުރުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ރަށަކަށް، އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓުގައި މުބާރާތް ހިންގަން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ނިންމުމުގައި ވެއެވެ.