English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު/ފޮޓޯ ޕޮލިސްމީޑިއާ

ހަފްތާ ކަބަރަ: އައްޑޫސިޓީ

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ ދަތުރުފުޅެ އައްޑޫސިޓީ ކައުންސިލާއި ބައްދަލަކުރައްވައި އައްޑޫ ސިޓީއައް ދިމާވެފެއިވޭ ކުށުގެ މައްސަލަތައް ހައްލު ކެރާއް ފުލުހުންގެ ދައުރު ރަންގަޅު ކެޑުމައްޓަކައި އައްޑޫ ސިޓީއެތިބޭ ފުލުހުންގެ އަދަދު އިތިރި ކެރާހެއްކަމަށާއި ޚިދުމައް ދޭއް ބޭނުންވޭ ވަސީލައްތައް އިތިރިކޮއްގެން ޚިދުމަތުގެ ފެންވަރަ ރަންގަޅަ ކެރާހެއްކަމައް ސީޕީ ވިދާޅަވި.

އޮކްޓޯބަރ 7 ވަނަ ދުވެހި ބޭވި އެ ބައްދަލުވުމެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެއި އައްޑޫސިޓީ ކޮމާންޑަރާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތިރައް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރުއެއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑަގައް.

ސީޕީގެ ދަތުރުފުޅެ، މި މަހު 3 އިން 7 އަށް އައްޑޫ ސިޓީ ގަމި ކުރިއަށް ގިނިގޭ ސެންސިޓައިޒޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިއަސް ކޮއްދެއްވި.

އޭގެ އިތިރައް އައްޑޫއެ ފުލުހުންގެ ހިދުމައްތައް އިތިރައް ހަރުދަނާކެޑުމައްބަލާކަލަކި ވެހިކަލްގެ ދަތިކަން ހިށުމުގެ ސަބަބުން އެކަމައް ޙައްލައު ހޯދައިދޭއް ލިޓަސްއިން ހަދިޔާ ކެޑެ ސައިކައުތަކާއި ޙަވާލަވުމުގެ ރަސްމިއްޔާތެއަސް ބައިވެރިވެ ވަޑަގައް. ލިޓަސްއިން ވެނީ 6 ސައިކައު ހަދިޔާކޮއްފެއި.

އިންޑިއާ ސަރުކާރުގެ އެހީއެއި އެއްކޮއް އައްޑޫއެ ހަދަމުންއޭ ޕޮލިސް އެކަޑަމީ ފުލުހުންގެ އަހަރީ ދުވަހައް ހުޅުވުމަކީ ކުރައްވާ އުއްމީދައް ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅަވީއަސް މި ދަތެރެ . ނޫސްވެރިންނައް އެކަޑަމީގެ މަސައްކައް ގޮއްސެއިވޭ ހިސާބަ ދެއްކުމައްފަހި މަޢުލޫމާތު ދެމުން ސީޕީ ޙަމީދު ވިދާޅުވީ ޕޮލިސް އެކެޑެމީގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ވަރަށް ބޮނޑަ ބާއް މިކޯ ނިމިފެއިވޭ ކަމަށާއި ކުރިއައު އޮއް މަހައް ދެ މަހަކި އެތެރެ މަސައްކައް އެއްކޮއް ނިމޭހެއްކަމައް އުއްމީދުކެރާކަމައް. ފުލުހުންގެ އަހަރީ ދުވަސް ކަމައްވޭ މާޗް 29 ވަނަ ދުވަހައް ތަންހުޅުވުމަށް ޓަކައި އެނީ މަސައްކައް ކެރަމުން

މިތަނަކީ އިންޑިއާ ސަރުކާރާއި ރާއްދެއެއި ދެމެދެވެވޭ 42 މިލިއަން ޔޫއެސް ޑޮލަރުގެ ތަރައްޤީގެ ޕާޓްނާރޝިޕް މެގަ ޕްރޮޖެކްޓައް.މިހިނގާ 2021 ވަނަ އަހަރި ސަރުކާރުގެ ބަޖެޓުނަސް މިކަމަށް 11 މިލިއަން ރުފިޔާ ހިމަނަގެން ކުރިއައް ގިނޭ މި ޕްރޮޖެކްޓާކީ އިންޑިއާގެ ހިލޭ އެހީގެ އިތިރައް ރާއްދޭގެ ސަރުކާރުނަސް ބޮނޑަ ހޭދާއް ކެރަމުންއޭ ޕްރޮޖެކްޓައް. އައްޑޫއެ ޤާއިމް ކެރާމި ޕޮލިސް އެކަޑަމީއައް ދެރަފެއިވޭ ޚާއްސަ ނަމަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް. މިތަނަކީމިނަމުނަސް ދޭހަވޭ ފަދައިން ފުލުހުންނާއި ދިވެހި ދައުލަތުގެ ޤާނޫނު ތަންފީޒު ކެރާ އިދާރާ ތަކުގެ ޓްރެއިނިންގ ތަކަށް ޚާއްސަ ކޮއްގެން ޢިމާރާއް ކެރާތާން.

ނޫސްވެރިންނައް މަޢުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރ ވިދާޅަވީ އައްޑޫއެ ޖުމްލަ 12 ގޭންގައް ޙަރަކާއްތެރިވޭކަން ފާހަނގަ ވެފެއިވޭކަމަށާއި ކުށްކެރާ މީހުންގެ އަދަދަސް އިންތިހާއް ގިނަކަމައް. ގްރޫޕްތަކި މެދެ މާރާމާރީ ހިނގުވުމުގެ އިތިރައް ވައްކަން ކެޑުމާއި މަސްތުވޭއެއްތެތި ބޭނުންކެޑުމަސް ގިނަކަން ފާހަނގަ ކޮށް މިފަދަ 1540 މީހުން ފެނިފެއިވޭކަމަށް ސީޕީ ވިދާޅަވި.35000 އް ވަނި ބޮނޑަ އާބާދީއައު އޮންނެ އައްޑޫސިޓީއެ ޖުމްލަ ޙަރަކާއްތެރިވެމުން އެނީ 128 ފުލުހުންނައް ވެފެއި މިފަދަ ބޮނޑަ އާބާދީއަކަށް ފުލުހުންގެ ދަތިކަން ބޮނޑަވެ މައްސަލަތަކައް ޙައްލު ހޯދުމައް ގިނަ ދަތިތަކާއި ކުރިމަތިލާއް ޖެހިފެއިވެއި.