English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް މާދަޑު/އެސްޓޯރިއާ، އަސްލަމު ރަޝީދު، އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފިއެވެ.
އެސްޖީގެ މަގާމަށް އަސްލަމް އައްޔަންކުރުމަށް ފެންނަކަމަށް ފާސްކޮށްފައިވަނީ، ފުވައްމުލައް ސިޓީ ކައުންސިލުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ، އެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައެވެ، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސިޓީ ކައުންސިލްގެ 5 ވަނަ ކުއްލި ބައްދަލުވުމުގައި އެ ކައުންސިލްގެ 6 މެމްބަރުންވަނީ ބައިވެރިވެފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވި އަސްލަމް ރަޝީދު އަށް ތާއިދުކުރާ ކަމަށް ބައްދަލުވުމުގައި ބައިވެރިވި 3 މެމްބަރުން ވޯޓު ދީފައިވާއިރު، ވޯޓަށް އެހުމުން 3 މެމްބަރަކު ވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ.
މި ބައްދަލަވުމުގައި ބައިވެރިވި ބައެއް ކައުންސިލަރުން ވަނީ އެސްޖީއަކަށް މީހަކު ހޮވުމުގެ މަރުހަލާތަކުގައި ސިޓީ ކައުންސިލްގެ ދައުރެއް އޮތުން މުހިއްމުކަމުގައި ދެކޭ ކަމަށް ބުނެފައެވެ، އެހެންނަމަވެސް ބައެއް ކައުންސިލަރުން ވަނީ އެސްޖީގެ މަގާމަކީ ސިވިލް ސާވިސް މަގާމެއްކަމަށާއި އެމަގާމަށް މީހަކު ހޮވުމުގައި އެނެމް އިންސާފުވެރިވާނީ ސިދާ ސިވިލް ސާވިސް ކަމިޝަނުން އެކަމުގައި ގޮތެއް ނިންމުން ކަމުގައި ދެކޭ ކަމަށް ބުނެފައެވެ.
ލާމަރުކަޒީ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނު މިހާރު އޮންނަ ގޮތުން, ކައުންސިލްގެ އެންމެ އިސް މުވައްޒަފަކީ, އެ ކައުންސިލެއްގެ އެސްޖީ އެވެ.