English Edition
Dhivehi Edition

ބޭރު ގައުމުތަކުގައި ކުރިއަށްދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން, ގޮސްފައިވާ ދިވެހި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެބުރި ރާއްޖެ އަންނާނެކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިރާގާއި ސިރިޔާގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން 200 އާ ގާތްކުރާ އަދަދަކަށް ދިވެހިން ގޮސްފައިވާކަމަށެވެ.

އޭގެ ތެރެއިން އެބުރި ރާއްޖެ އަންނަ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލާނީ ރިހެބިލިޓޭޓް މަރުކަޒުގައި ބޭތިއްބުމަށް ފަހު ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް ކ. ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރުގައި މި ވަގުތު ތިބީ ކިހާ އަދަދެއްގެ މީހުންކަން އެގިފައިނުވާކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ،