English Edition
Dhivehi Edition
ރައީސް ނަޝީދު

‘އަނެއް ދިވެހިރާއްޖެ’ ގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހިންގަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް، އެ މަނިކުފާނު ވިދާޅުވެއްޖެއެވެ،

މެއި މަހުގެ 06 ވަނަ ދުވަހު ރައީސް ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް، ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ“އަނެއް ދިވެހިރާއްޖެ” އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓަކަށް ވިޔަސް އެއީ އެމަނިކުފާނުގެ ރަސްމީ އެކައުންޓެއްގެ ގޮތުގައި ނުބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެ އެކައުންޓު ބޮޑަށް އަމާޒުވެފައި ހުންނާނީ ތާރީޚީ އަދި ސިޔާސީ ކަންކަމަށް ކަމަށެވެ. އެހެންނަމަވެސް ބައެއްފަހަރު ސިޔާސީ ކަމެއްގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެއްޖެ ނަމަ، އެ ބަހުސްގައި ބައިވެރިވެވަޑައިގެންފައި ހުންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ “އަނެއްދިވެހިރާއްޖެ” އެކައުންޓުގައި ފްލޯވަރުންގެ އަދަދު 27،000 އަށް އަރައެވެ.