English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

އައްޑޫ ސިޓީގައި، ޒުވާނަކަށް ފުލުހުން އަނިޔާކުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ފުލުހުން ރޭ 12:30 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާކޮށްފައިވަނީ، އެރަށުގައި އުޅޭ، އެހެން ރަށެށްގެ ޒުވާނަކަށެވެ. އެ ހާދިސާ ހިނގި ގޮތް ކިޔާދެމުން އޭނާ ބުނީ، ފުލުހުން އޭނާ އާއި ސުވާލު ކުރަން ފަށާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ގޭގެ ބޭރުގައި ސިނގިރޭޓެއް ބޯން ހުއްޓައެވެ. އަދި އެޒުވާނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި އައްޑޫ ބަހުން ވާހަކަ ނުދެއްކުމުން ހިނގި ޒުވާބެއްގެ ތެރެއިންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ޒުވާނާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވެހިކަލުގައި ގެންގޮސް އޭނާ ނަގައި އެއްލާލީ ސްޓޭޝަންގައި ހުރި ގާތަކުގެ މައްޗަށެވެ. އަދި އޭގެ ފަހުން ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާއި، އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައިވެސް ވަނި ފަރުވާ ދީފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން އަދި ފުލުހުން، އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.