މެޖިސްޓްރޭޓް ޒާހިރު، ރިޓަޔަރ ކުރައްވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެ ކޮމިޝަނުން ބުނީ މެޖިސްޓްރޭޓް (ރިޓަޔަރޑް) މުހައްމަދު ޒާހިރު ޙަސަން ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކޮށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ.
މެޖިސްޓްރޭޓް ޒާހިރު ވަނީ ޝަރުއީ ދާއިރާގައި 22 އަހަރު ހިދުމަތް ކުރައްވާފައެވެ.