English Edition
Dhivehi Edition

ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް ފޭރިގެންފައިވާ މައްސަލަ އެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ ހޯދަމުންދާ މީހުންނަކީ 2021 ޖޫން 22 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ލިލީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް ފަހަތުން އައި ސައިކަލުގައި ތިބި ދެ މީހުންވެގެން ފޭރިގެންފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ވަނީ އެނގިފައިވާއިރު، މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 490169 ވިދާޅުވެ، އެމައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު