English Edition
Dhivehi Edition
10 މާރިޗު 2020 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ - ފޮޓޯ: މަޖިލިސް

ހަތަރު މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާ ހަބަރާއެކު އެމަނިކުފާނަށް މަރުގެ އިންޒާރުދީފިއެވެ.

ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ރައީސް ނަޝީދަކީ “ޝައިތާނެއް” ކަމަށާއި، އެ މަނިކުފާނަށް މަރުހަބާކިއުން އެންމެ އައުލާކަން ބޮޑީ “ކަނޑީގެ މިޔައިން” ކަމަށެވެ. އަދި އެންމެން އެކައްޗެއް ކިޔާފަ ނުކުމެ، އެމަނިކުފާނު އޮއްގަލުން ތަޅާ ބޭރުކުރަންވީ ކަމަށްވެސް އެމީހާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

May be an image of 7 people and text

ސޯޟަލް މީޑިއާގައި ދައުރުވަމުންދާ މި ޕޯސްޓާއި ގުޅިގެން އަދި ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ރައީސް ނަޝީދު އަށް މަރުގެ އިންޒާރުދެމުން އަންނަ މައްސަލަ ފެންމަތިވެފައިވާއިރު، މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އެ މަނިކުފާނަށް އަމާޒުކޮށް، ޓެރަރިޒަމް ހަމަލާއެއް ވަނީ ދީފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ މަސައްކަތްތަކުން އެކަހެރިވެ ވަޑައިގެން ރާއްޖެއިން ބޭރުގައި ރައީސް ނަޝީދު އުޅުއްވަމުން ގެންދަވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެކަށީގެންވާ ސެކިއުރީޓީއެއްގެ ޔަގީންކަން ނެތުމުން ފުރާނަ އަށް ނުރައްކާ އޮތުންކަމުންގައި އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.