English Edition
Dhivehi Edition

އައްޑޫސިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އައި މީހަކު ނިޔާވެއްޖެ އެވެ.

މިމީހާ އަކީ އައްޑޫކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި ފުވައްމުލަކު މީހެކެވެ. ޢުމުރުން 97 އަހަރުގެ މިމީހާގެ ކަށު ނަމާދު ކުރުން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރެވެ.މިމީހާއާއެކު އައްޑޫސިޓީން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 4 އަށް އަރާފައެވެ.

އައްޑޫސިޓީގައި ކޮވިޑް ބަލީގައި މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ބަލިމީހުންގެ ޢަދަދަކީ 5 އެވެ. އޭއީއެޗުން މަޢުލޫމާތު ދެއްވި ގޮތުގައި މި 5 މީހުންގެ ޙާލުވެސް މިވަގުތު ސްޓޭބްލް އެވެ.

މިވަގުތު އައްޑޫސިޓީގައި ކޮވިޑް ޖެހިފައިވާ 241 މީހަކު އެބަތިއްބެވެ. އިއްޔެ އެކަނި ވެސް 14 މީހަކު މިބައްޔަށް އައްޑޫސިޓީން ޕޮޒިޓިވް ވެފައިވެއެވެ.